ދުނިޔެ ދުއް އެންމެ މޮޅު ފޮރިން މިނިސްޓަރަކީ ޝާހިދު: ދޮންބިލެތް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީލު (ދޮންބިލަތް)

ފަހުގެ ތާރީހުގައި ދުނިޔެ ދުއް އެންމެ މޮޅު ފޮރިން މިނިސްޓަރަކީ، މި ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީލު (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދޮންބިލަތް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އަބްދުﷲ ޝާހިދުފަދަ ފޮރިން މިނިސްޓަރެއް ރާއްޖެއަށް ލިބިފައި ހުރުމަކީ ވަރަށް ބޮޑު ނަސީމެއް ކަމަށެވެ.

"މިހާރު އޮތް ހާރިޖީ ސިޔާސަތު ވަރުގަދަކަމުން، އަދި އަޅުގަނޑުމެންގެ ފޮރިން މިނިސްޓަރަކީ މި ފަހުގެ ތާރީހުގައި ދުނިޔެ ދުއް އެންމެ މޮޅު ފޮރިން މިނިސްޓަރު ކަމަށްވާތީ، މި ދަނޑިވަޅު އަޅުގަނޑުމެންގެ ވަރަށް ބޮޑު ނަސީމެއް، އެ ކަހަލަ ފޮރިން މިނިސްޓަރެއް އަޅުގަނޑުމެންގެ އަތުގައި ހުރީތީ،" ބިލެތްދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ދޮންބިލެތް ޝާހިދަށް ތައުރީފު ކުރައްވައި ވާހަކަ ދެއްކެވީ ރާއްޖެއަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކާތެރި ހަލާތާއި އިގްތިސާދީ ހާލަތުން އަރައިގަތުމަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވަނީ މިހާލަތުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި، ސަރުކާރުން އަންގަވާ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *