މާލޭގައި ހުކުރު ނަމާއި ފަރުޟު ނަމާދުތައް ޖަމާތުގައި ނުކުރަން އަންގައިފި

ޖަމާއަތުގައި ނަމާދު ކުރަނީ-- ފޮޓޯ/ ސަން

މާލެ އާއި ރާއްޖޭގެ ރިސޯޓުތަކުގައި ހުކުރު ނަމާއި ފަރުޟު ނަމާދުތައް ޖަމާތުގައި ނުކުރަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިއުލާން ކުރެއްވީ މިއަދު މެންދުރުނަމާދުން ފެށިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ އަސަރު ނަމާދާ ހަމައަށް، މާލެ ސިޓީގައި ހިމެނޭ ހުޅުމާލެ އާއި ވިލިމާލޭގައި ޖަމާއަތުގައި ފަރުޟު ނަމާދު ނުކުރުމަށާއި ހުކުރު ނުކުރަން އަންގާ ކަމަށެވެ. އެގޮތަށް އަމަލު ކުރަން ނިންމީ ދީނީ އިލްމުވެރިންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހާލަތު ގޯސްވެގެން ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ރަށެއް ލޮކްޑައުންކޮށްފިނަމަ، ހަމަ އެ ރަށެއްގައި ވެސް އަމަލު ކުރަނީ އެ ހާލަތު ނިމެންދެން ހުކުރު ނަމާދާއި ފަރުޟު ނަމާދު މެދުކަނޑާލުމަށް،" އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ހުކުރު ނަމާދާއި ފަރުޟު ނަމާދުތަކުގެ ޖަމާއަތުތައް މެދުކަނޑާލަން އެެންގުމުން، އަމަލު ކުރަންވީ ގޮތް އިލްމުވެރިން މިއަދު ކިޔައިދެއްވަމުން ގެންދަވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *