ފަތާފައި މީދޫއަށް އެރި މީހެއްގެ ބަންދަށް 15 ދުވަސް

އައްޑޫސިޓީ ހުޅު މީދޫ/ ފޮޓޯ- ޓްރެވެލް އަޕްޑޭޓް

އައްޑޫ ސިޓީގެ ސައުތް ޕާމް ރިސޯޓުން ފަތާފައި މީދޫއަށް ދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކޮވިޑް19 އާއި ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށް މީހުން އެރުން މަނާކޮށްފައިވަނިކޮށް އިއްޔެ މެންދުރު 13:55 ހާއިރު ސައުތް ޕާމްގެ މުވައްޒަފަކު ފަތާފައި މީދޫ އަށް އެރުމާ ގުޅިގެން އޭނާވހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ މީހާ ހައްޔަރު ކޮށްފައިވަނީ ހެލްތު ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކައި ނުރައްކަލެއް ނެތްކަން ކަށަަވަރު ކުރުމަށްފަހު ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ގެންދިއުމުން، އައްޑޫސިޓީގެ މީދޫ ކޯޓުންވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މައްދަތު ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ނެރެފައިވާ އެންގުންތައް އެ އިދާރާއިން ތަންފީޒުކުރާނެ ކަމަށް ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.