ސައުތު ކޮރެއާއިން އައި ދިވެއްސެއް ފަރުކޮޅަށް

ކަރަންޓީން ފެސިލީޓިގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ފަރުކޮޅުފުށީ --

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ފެތުރިފައިވާ ގައުމެއް ކަމަށްވާ ސައުތު ކޮރެއާއިން އެނބުރި ރާއްޖެ އައި ދިވެއްސަކު ފަރުކޮޅު ފުއްޓަށް ގެންގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ސައުތު ކޮރެއާއިން ރާއްޖެ އައި ދިވެއްސެއްގެ ފުށުން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން، އެމީހާ އެކަހެރިކޮށް ބަހައްޓައިގެން އިތުރަށް މޮނިޓަރކޮށް، ޓެސްޓު ކުރުމުގެ މަސައްކަތަށް ފަރުކޮޅުފުއްޓަށް ގެންދެވިފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. ގިނައީ ފަތުރުވެރިންނެވެ. އޭގެތެރެއިން ވެސް އެންމެ ގިނައީ އިޓަލީގެ ފަތުރުވެރިންނެވެ. ނަމަވެސް ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންވެސް ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. ސަރުކާރުން ވަނީ ރާއްޖޭގައި ކޮވިޑް19 ފެނުމާއި އެކުގައި އަދި އެ ބަލިން ދިވެހި ރައްޔިތުން ސަލާމަތްކޮށް ރައްކާތެރިކަމަށްޓަކައި 30 ދުވަހުގެ މުއްދަތަކަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *