އާވީ ނޭޗާސް ޕެރަޑައިސް ރިސޯޓުން ޓެސްޓު ކުރި މީހާ ނެގެޓިވް

އާވީ ނޭޗަރސް ޕެރަޑައިސް ރިސޯޓު-

ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ގައިން ނެގި ސާމްޕަލްގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އެ ބިދޭސީ މީހާ ގެ ނަތީޖާ ނެގެޓިވް ވުމާއެކު، އެ ރިސޯޓު ވަނީ މޮނިޓަރިންގްގެ ހާލަތުން ނެގިފައި ކަމަށެވެ.

ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން "މައި ސްކަައި" ނަމަކަށް ކިޔާ ސަފާރީއަކުން އިތުރު ދެ ބިދޭސީއަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފައެވެ.

އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ސަފާރީ އުޅަނދު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މީގެކުރިންވެސް ސަފާރީއެއްގައި ތިބި ދެ ބިދޭސީއެއް ކޮވިޑް19 އަށް ޓެސްޓު ކުރިއެވެ. އެ ދެ މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބިދޭސީން ނެވެ. ރާއްޖޭގައިވެސް ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން ދާތީ ރާއްޖޭގައި ކުއްލި ސިއްހީ ނުރައްކަލުގެ ހާލަތުވަނީ އިއުލާންކޮށްފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.