ކޮވިޑް19: މެލޭޝިއާ އާއި އިނގިރޭސިވިލާތުން މީހުން އައުން މަނާ ކޮށްފި

މެލޭޝިޔާގެ މަގެއްގެ މަތީގައި މީހުންތަކެއް މާސްކު އަޅައިގެން --

ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ދަރުބާރު ގޭގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް އެވެ.

މަބްރޫކް ވިދާޅުވީ މެލޭޝިއާއިން މިއަދު އިރުއޮއްސި ހައެއް ޖެހުމާއެކު އެއްވެސް ފަރާތަކަށް ރާއްޖެ އަށް ނާދެވޭނެ ކަަމަށެވެ. އަދި އިނގިރޭސިވިލާތުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެއްވެސް މީހަކަށް ރާއްޖެ އަށް ނާދެވޭނެ ކަމަށެވެ.

އަދި މި ދެ ގައުމުން ވެސް ރާއްޖެ އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ވަނީ އިރާނާއި ދެކުނު ކޮރެޔާ، ބަންގްލަދޭޝް، ސްޕެއިން، ޗައިނާ އިޓަލީ، ފްރާންސް އަދި ޖަރުމަނުން މީހުން ރާއްޖެ އައުން މަނާކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.