ސިޔާސީ މަގާމުތަކުގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމައިފި

ރައީސުޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ / މިހާރު

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 20 އިންސަތައް އުނި ކުރުމަށް ކެބިނެޓުން މިއަދު ނިންމައިފިއެވެ.

ސަރުކާރުން މި ނިންމުން ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އިން 20 އިންސައްތަ އުނިކުރުމަށް ވެސް ދަނީ  މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލިސް މެންބަރުންގެ މުސާރައިގެ 20 އިންސައްތަ އުނިކޮށް ދިނުމަށް އެމްޑީޕީ ޕާލިމަންޓް ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މެދުވެރިކޮށް، މާލިއްޔަތު ކޮމިޓީއަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކުޑަކޮށް ދިނުމަށްވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރްވަނީ އެދިވަޑައިގެންފަ އެވެ.

މި ނިންމުމުގެ އިތުރުން ކެބިނެޓުން މިއަދު ވަނީ ހަފްތާ އަކަށް ސަރުކާރު ބަންދުކުރުމަށް ނިންމާފައެވެ. އަދި ދައުލަތުން އެކި ކަންކަމަށް ކުރާ ހަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރުމަށް ވެސް ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވެފައިވަނީ ބިދޭސީން ނެވެ. ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *