މެންބަރުންގެ ކޮއްތު ކަނޑާލުމުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލިސް އިދާރާ/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ކޮވިޑް19 ވައިރަސްއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތު ކަނޑާލަން މަސައްކަތް ފަށައިފިއެވެ.

މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކަނޑަން ފިނޭންސް މިނިސްޓަރުގެ އިބްރާހިމް އަމީރު ވަނީ އިއްޔެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހަރަދުތައް ކުޑަކުރުމަށް މަޖިލީހުގެ ކޮއްތުދަރާ ބޯފެނާ ހުރިހާ އެއްޗެއް ކެނޑުމަށް އީވާ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކެއުމާއި ސަޔަށް މަހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާކަމަށް ނަޝީދު ވަނީ މީގެކުރިން ހާމަކުރައްވައިފައެވެ. އެއީ މެންބަރަކަށް 159.88 ރުފިޔާގެ ރޭޓުންނެވެ. އެހެންކަމުން ދުވާލަކަށް 13،909.56 ރުފިޔާ ހަރަދު ވާނެއެވެ.

މަޖިލީހުގެ ހަރަދުތައް ކުޑަކުރަން އަންގާފައި ވާއިރު، ރައްޔިންތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 ޕަސަންޓު އުނިކޮށްދޭން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުުން އިއްޔެ ވަނީ އެދިފައެވެ.

ރައްޔިންތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ. މުސާރައިގެ 20 ޕަސަންޓަކީ، 8،500 އެވެ. މަޖިލީހުގެ 87 މެންބަރުންގެ މުސާރައިގެ 20 ޕަސަންޓަކީ ޖުމްލަ 739،500 ރުފިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *