އިންތިހާބު ފަސް ކުރުމުގެ މައްސަލަ ހައިކޯޓުން ސުޕްރީމް ކޯޓަށް!

ސިޔާސީ ޕާޓީތަކާއި އެކުގައި އިލެކްޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން އިން ހައިކޯޓަށް ހުށަހެޅި މައްސަލަ ނެގުމަށްފަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އިންތިހާބު ފަސް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ރާއްޖެއިން ވެސް ކޮވިޑް19 ފެނިފައިވުމާއި އަދި އެކަމުގެ ސަބަބުން މުޅި ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމާއި ގުޅިގެންނެވެ. އެހެންކަމުން މި މަހުގެ 15ވަނަ ދުވަހު އިލެކްޝަނުން އިންތިހާބު ފަސް ކުރުމުގެ ގޮތުން މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް އޭގެ ކުރިން އިލެކްޝަނުން އިންތިހާބު ބާއްވާ ތާރީހަށް ބަދަލެއް ގެނެއެވެ. އެއީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމި އިންތިހާބު އަންނަ މަހުގެ 18ވަނަ ދުވަހަށް ބަދަލު ކުރުމެވެ. ނަމަވެސް ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އެއީ ކެމްޕޭން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެފައެވެ.

ކައުންސިލް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަންނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ވަނީ ނިންމައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.