ކޮވިޑް19 އާ ގުޅިގެން އއ. މަތިވެރި މޮނީޓަރިން ހާލަތަށް ގެނެސްފި

އއ. މަތިވެރި --

އއ. މަތިވެރީގައި ތިބި ދެ ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑް19 އަލާމާތްތަކެއް ފެނުމާއި ގުޅިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަތިވެރިން ދެ ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް19 ގެ އަލާމާތްތައް ފެނުމުން އެ ދެ މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން މަތިވެރި ވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރޭގައި އެންމެ ގިނައީ އިޓަލީގެ ރައްޔިތުންނެވެ. ބައެއް މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

މިދިޔަ ބުރާސްފަތު ދުވަހު ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފައެވެ. އެގޮތަށް ސަރުކާރުން ނިންމީ ރާއްޖޭގެ ހާލަތަށް ބެލުމަށްފަހު އެ ބަލި އިތުރަށް ފެތުރުނު ނުދިއުމަށްޓަކައެވެ. އަދި ރައްޔިތުންގެ ސަލާމަތަށްޓަކައެވެ.

Leave a Reply

Your email address will not be published. Required fields are marked *