ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސަކު ޓެސްޓު ކުރަނީ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް19 ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ސްޕެއިން އިން ރާއްޖެ އައި ދިވެއްސަކު ވައިރަހަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި، ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

އިއްޔެވެސް ސްޕެއިން އިން ރާއްޖެއައި ދިވެއްސަކު ކޮވިޑް19 އަށް ޓެސްޓު ކުރިއެވެ. ނަމަވެސް އެމީހާ ވަނީ ބައްޔަށް ނެގެޓިވްވެފައެވެ. ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން ސްޕެއިން އަދި ފްރާންސާއި ޖަރުމަނުން ރާއްޖެ އަންނަ އެ ގައުމުގެ މީހުން އައުން މަނާ ވެސް ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރޭގައި އެންމެ ގިނައީ އިޓަލީގެ ރައްޔިތުންނެވެ. ބައެއް މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.