ގަތަރު އެއާލައިން އިން އައި ދިވެހި މީހާ ވައިރަހަށް ނެގެޓިވްވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ގަތަރު އެއާވޭސްއިން ރާއްޖެ އައި ދިވެއްސެއްގެ ގައިން ކޮވިޑް19 ގެ އަލާމާތްތައް ފެނުމުން އެމީހާ ޓެސްޓުކުރިއިރު އެ ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ އިއްޔެ ރާއްޖެއައި ޤަތަރު އެއަރވޭސް ފްލައިޓުން ދަތުރުކުރި ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ކޯވިޑް19 އަށް "ނެގެޓިވް" ވެފައި ކަމަށެވެ. އޭނާ އަކީ ސްޕެއިން އަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެއައި މީހެއް ކަމަށްވެެސް އެޗްޕީއޭ އިން ބުނެއެވެ.

ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން ސްޕެއިން އަދި ފްރާންސާއި ޖަރުމަނުން ރާއްޖެ އަންނަ އެ ގައުމުގެ މީހުން އައުން މަނާ ވެސް ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރޭގައި އެންމެ ގިނައީ އިޓަލީގެ ރައްޔިތުންނެވެ. ބައެއް މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *