ގިލި ލަންކަންފުށިން ދިވެއްސެއްގެ ސާމްޕަލް ނަގައިފި

ކޮވިޑް19 އަށް ޝައްކުވާ އަލާމާތްތަކެއް ހުރުމުން ގިނިލަންކަންފުށިން ދިވެއްސެއްގެ ސާމްޕަލްތައް ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަންފުށިން ދިވެއްސެއްގެ ސާމްޕަލް ނެގުމާއި ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރޭގައި އެންމެ ގިނައީ އިޓަލީގެ ރައްޔިތުންނެވެ. ބައެއް މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

މިދިޔަ ބުރާސްފަތު ދުވަހު ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފައެވެ. އެގޮތަށް ސަރުކާރުން ނިންމީ ރާއްޖޭގެ ހާލަތަށް ބެލުމަށްފަހު އެ ބަލި އިތުރަށް ފެތުރުނު ނުދިއުމަށްޓަކައެވެ. އަދި ރައްޔިތުންގެ ސަލާމަތަށްޓަކައެވެ.

Leave a Reply

Your email address will not be published. Required fields are marked *