ކޮވިޑް19 އާއި ގުޅިގެން އޮންލައިކޮށް ފޭރުން އިތުރުވެ، ސަމާލުވުމަށް އަންގައިފި

ކޭޝް ކާޑުތަކެއް-

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އޮންލައިން ވިޔަފާރި ތަކުގައި މަކަރާއި ހީލަތް ހަދަމުން ދާތީވެ އެކަމަށް ސަމާލުވުމަށް އިންޓަޕޯލްިއން އަންގައިފިއެވެ.

އެކަމާއި ގުޅިގެން ރާއްޖޭގެ ފުލުހުންގެ މުއައްސަސާއިން ބުނީ، މި ދުވަސްވަރަކީ ސާޖިކަލް މާސްކާއި އަދި ބައެއް އެހެނިހެން ބޭސްތަކުގެ ޑިމާންޑު ބޮޑުވެފައިވާ ދުވަސްވަރެއް ކަމުން ބައެއް ބޭސް ފިރާތަކުން އެ ތަކެތި ހުސްވެފައިވާތީ އެކަމުގެ ނާޖާއިޒު ފައިދާ ބައެއް މީހުން ހޯދަމުން އަންނަ ކަމަށް އިންޓަޕޯލުން އަންގާފައިވާ ކަމަށެވެ.

އެގޮތުން އޮންލައިން ވިޔަފާރިން އެތަކެތި ވިއްކާ ކަމަށް ދައުރުވާ އީމެއިލް އެޑްރެސްތަކެއް މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް އިންޓަޕޯލުން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑް19ގެ ފްރޯޑް ސްކީމް ތަކަކީ:

• ފޯނު ފްރޯޑް- ކްލިނިކް ނުވަތަ ހޮސްޕިޓަލް އޮފިޝަލުންގެ ނަމުގައި ކުށްވެރިން މީހުންނަށް ފޯނުކޮށް އެމީހުންގެ އާއިލާ މެމްބަރެއް މި ބަލީގެ ޝިކާރައަކަށްވެފައިވާ ކަމަށް ބުނެ އެމީހުންނަށް ފަރުވާކުރުމަށް ޕޭމަންޓް ހެދުމަށް ބުނުން

• ފިޝިންގް- ގައުމީ ނުވަތަ ބައިނަލްއަގުވާމީ ސިއްހީ މާހިރުންގެ ނަމުގައި މީހުންނަށް އީމެއިލްކޮށް އެ އީމެއިލްގެ ޒަރިއްޔާއިން މީހުންގެ ޒާތީ މައުލޫމާތާއި ޕޭމަންޓްގެ ތަފްސީލް ހޯދުން ނުވަތަ މެލްވެއާ ހިމެނޭ އެޓޭޗްމަންޓެއް ދީފައި އެ އެޓޭޗްމަންޓް ހުޅުވަން ބުނުން.

ފުލުހުން ވަނީ އެއްވެސް އެއްޗެއް އޮންލައިންކޮށް ގަތުމުގެ ކުރިން އެ ތަކެތި ވިއްކާ ކުންފުނި ނުވަތަ މީހަކީ ސައްޚަ ފަރާތެއްތޯ ބަލާ ވެރިފައި ކުރުމަށް އެދޭ ކަމަށާއި އެއްޗެއް ގަންނަނީ ސައްޚަ ވެބްސައިޓެއް މެދުވެރިކޮށްތޯ ކަށަވަރުކުރުމަށް އެދޭ ކަމަށެވެ. މީގެއިތުރުން އޮންލައިން ރިވިއުތައް ބެއްލުމަށާއި އެއްވެސް ކަސްޓަމަރަކު ގަތް ތަކެތި ނުލިބިގެން އެ ވާހަކަ ވެބްސައިޓުގައި ލިޔެފައިވާނަމަ އެ ވެބްސައިޓް ބޭނުން ނުކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ހަމައެއާއެކުގައި ކުންފުނި ހުރި ޤައުމު ނޫން އެހެން ޤައުމެއްގައި ހުރި ބޭންކް އެކައުންޓަކަށް ޓްރާންސެކްޝަން ހަދަން ބުނާނަމަ އެ ޕޭމަންޓް ނުހަދާ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން ބުނީ ފްރޯޑް ވިކްޓިމްއަކަށް ވެއްޖެކަމަށް ޤަބޫލުކުރެވޭ ނަމަ ވީ އެންމެ އަވަހަކަށް ބޭންކަށް އެކަން އަންގާ އެ ޓްރާންސެކްޝަން ހުއްޓުވަން މަސައްކަތް ކުރުމަށްވެސް އެދޭ ކަމަށާއި ގޮތް ނޭނގޭ މީހުންނާއި އެކައުންޓްތަކުން ފޮނުވާފައި ހުންނަ ލިންކްތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުމަށް ވެސް އެދޭ ކަމަށެވެ.

މެޑިކަލް އިކުއިޕްމަންޓްތައް ފޯރުކޮށްދޭ ކަމަށް ބުނެ ނުވަތަ މެޑިކަލް ޗެކްސް ހަދައިދޭނެ ކަމަށް ބުނެ އީ-މެއިލްގެ ޒަރިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތައް އެދޭނަމަ އެ އީ-މެއިލްތަކަށް އިޖާބަ ނުދިނުމަށާއި އެއީ ސައްޚަ ސިއްހީ އިދާރާތަކުން ޕޭޝަންޓުންގެ މަޢުލޫމާތު ހޯދުމަށް އީ-މެއިލް ގެ ޒަރިއްޔާ ބޭނުން ނުކުރާތީ މި ދުވަސްވަރު އޮންލައިންކޮށް ތަކެތި ގަންނަ ނަމަ އެ ކުންފުންޏާއި ވެބްސައިޓްތަކަކީ ސައްޚަ ވެއިބްސައިޓެއްތޯ ކަށަވަރުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.