ކޮވިޑް19: ޓިއުޝަން ސެންޓަރު ތަކާއި، ގުރުއާން ކްލާސްތައް މެދުކަނޑާލަން އަންގައިފި

ގުރުއާން ކްލާސްތައް ހިންގަނީ/ ފޮޓޯ- މިހާރު

ރާއްޖޭގައިވެސް ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ، ޓިއުޝަން ސެންޓަރު ތަކާއި، ގުރުއާން ކްލާސްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ކޮވިޑް-19 ފެތުރެމުން އަންނައިރު ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ދަރިވަރުން ޓިއުޝަން ކްލާސްތަކަށާއި ގުރުއާން ކްލާސްތަކުގެ އިތުރުން ވަކިން ދަރިވަރުންނަށް ޓިއުޝަން ދިނުން މެދުކަނޑާލުމަށް ބެލެނެވެރިންނަށް އަންގާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި މުއްދަތުގައި ޓީޗަރުންވެސް ފޭސްޓު ފޭސްކޮށް އެފަދަ ކްލާސްތައް ނުގެންދިއުމަށްވެސް އިލްތިމާސް ކުރާ ކަމަށާއި، މި ދުވަސްވަރު ހުރިހާ ފަރާތްތަކުންވެސް އާއްމު ސާފު ތާހިރު ކަމަށް އިސްކަން ދިނުމަށާއި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން އަންގާފައިވައިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިތުރު އެއް ހަފްތާއަށް ސްކޫލްތައް ބަންދު ކުރުމަށް ނިންމާފައެވެ. އަދި ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައި ދިނުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.