ކޮވިޑް19: ސިނާމާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައިފި

ށްވެކް ސިނެމާ/ ފޮޓޯ- ހިމާލް ސައުތް އޭޝިއަން

ރާއްޖޭގައި ކޮވިޑް19 ފެތުރުމާއި ގުޅިގެން ސިނާމާތަކާއި ފިލްމް ތިއޭޓަރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް19 ފެތުރުމާއި ގުޅިގެން މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގަ ހުރިހާ ސިނަމާ ތަކާއި، ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި މި ފިޔަވަޅު އެޅިފައިވަނީ، ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސަލަމަތާއި ރައްކާތެރި ކަމަށްޓަކައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމަށްޓަކައި އެ ގަނޫނުގެ 33 ވަނަ މާއްދާގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ހެލްތް މިނިސްޓަރު އިއުލާންކޮށްފައިވާ ހިނދު، އެ ގާނުނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން ކަމަސް އެޗްޕީއޭ އިން ބުންޏެވެ.

އަދި އެ ފިޔަވަޅު ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ހުރިހާ އިދާރާތަކަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މި ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ.

އެގޮތުން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން މަނާކުރުމާއި، މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓް ހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކުރުމުގެ އިތުރުން ކޮލްޖުތަކާއި ޔުނިވާސިޓީ ތައްވެސް ދެ ހަފްތާއަށް ބަންދުކުރަން ވަނީ އަންގާފައެވެ. އޭގެ އިތުރުން ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަނމްދުކުރުމާއި، ޓިއުޝަން ކްލާސްތަކައި ގުރުއާން ކްލާސްތައްވެސް ވަގުތީ ގޮތުން ބަންދު ކުރުމަށް ވަނި އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *