ކޮވިޑް19 އާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން އިތުރު އެއް ހަފްތާ އަށް ބަންދުކޮށްފި

ސްކޫލު ދަރިވަރުންތަކެއް --- ފޮޓޯ އޭދަފުށި ޓައިމްސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައިވާއިރު ސްކޫލުތައް އިތުރު އެއް ހަފްތާއަށް ބަންދު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19ގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ، ރާއްޖޭގައި ކިޔައިވައިދޭ ސްކޫލަތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް ހަމަަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން މިހާރުވެސް ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ. އަދި އޭރު ސަރުކާރުން ވަނީ ކުރިއަށް އޮތް ތަނުގައިވެސް އިތުރު ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އެހެންކަމުން ދެން ސްކޫލްތައް ހުޅުވޭނީ، މި މަހުގެ 29 ވާ އާދިއްތަ ދުވަހުގައެވެ.

ރާއްޖޭގެ ސްކޫލްތައް ހުޅުވުން އިތުރު ހަފްތާއަށް ފަސްކޮށްފައިވާ އިރު މި ހާލަތުގައި ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތަކާއި ގުރުއާން ކްލާސްތައް މެދުކަނޑާލަން ވެސް މިއަދު ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް ކުރުމަށްޓަކައި ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.