ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ފުވައްމުލަކު --

މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ 43 އަހަރުގެ ހަސަން އަހުމަދު ދީދީއެވެ.

އޭނާ މަރުވެފައި ވަނީ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ 14 ވަނަ ދުވަހުގެ އިރުއޮއްސި 18:18 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓުވި އަނެއް ސައިކަލު ދުއްވަން އިނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން ކުޑަ ކުއްޖާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އެއްވެސް ނެތެވެ. ފުލުހުން ވަނީ އެކުއްޖާ ޖޫރިމަނާކޮށް އެކުއްޖާ ދުއްވި ސައިކަލު ޓޯކޮށްފައެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.