ކޮވިޑް19: މާގިރި ހޮޓެލް އަލުން ހުޅުވައިފި

މާގިރި ހޮޓެލް/ ފޮޓޯ-ހޮޓެލިއާ މޯލްޑިވްސް

ރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ޕޮޒިޓިވް ވި އިޓަލީ ވިލާތުގެ ފަތުރުވެރިއާ މަޑުކުރި މާގިރި ހޮޓެލް ޑިސްއިންފެކްޓް ކުރުމަށްފަހު އަލުން ހުޅުވާލައިފިއެވެ.

މާގިރި ހޮޓެލް ޑިސްއިންފެކްޓް ކުރުމަށް އެ ހޮޓަލުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މާގިރި ހޮޓެލުން ބުނީ، އެ ހޮޓެލުގެ މުވައްޒަފުންނާއި ގެސްޓުން އަދި ކަސްޓަމަރުންގެ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންކިއުބޭޝަން ޕީރިއަޑަށް ފަހު އަދި މުޅި ހޮޓަލުގެ ހުރިހާ ތަނެއް ޑިސްއިންފެކްޓް ކުރުމަށް އެ ހޮޓާ މިއަދު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖެއިން ފުރަތަމައަށް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ވިލާތުގެ ފަތުރުވެރިއެކެވެ. އަދި އޭނާ ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރަން ދިޔުމުން ފުރޭގޮތް ނުވުމުން އޭނާ ވަނީ ދެ ދުވަހު މާގިރި ހޮޓަލުގައި މަޑުކޮށްފައެވެ.

އަދި ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް އޭނާ ގޮސްފައިވެއެވެ. އެހެންކަމުން އެތަނުގެ މުވައްޒަފަކުވެސް ކޮވިޑް19 އަށް ޓެސްޓުކޮށް އޭނާގެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އަދި ރާއްޖެއިންވެސް މި ނުރައްކާތެރި ބަލި ފެނުމުން ރާއްޖެއިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.