ކޮވިޑް19: މޯލްޑިވިއަންގެ މުވައްޒަފުން މަސައްކަތަށް ނިކުންނާނީ ހަފުތާއަކު ތިން ދުވަހު!

މޯލްޑިވިއަންގެ އެއާބަސް މަރުކާރުގެ ބޯޓެއް: ފޮޓޯ /މިހާރު

ކޮވިޑް19 ރާއްޖޭގައިވެސް ފެތުރުމާއި ގުޅިގެން އައިލެންޑް އޭވިއޭޝަނުގެ މުވައްްޒަފުންގެ މަސައްކަތުގެ ގަޑިއަށް ބަދަލު ގެނެސް، ކޮންމެ ހަފްތާއަކު ތިން ދުވަހު މަސައްކަތަށް ނިކުންނަށް ގޮތަށް އެ ކުފުނިން ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން އެ ކުންފުނީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، މިއަދުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުން ގްރޫޕްތަކަށް ބަހާލެވިފައިވާ ކަމަށެވެ.

އަދި ކޮންމެ ގްރޫޕެއްވެސް މަސައްކަތަށް ނިކުންނާނީ ހަފްތާއަކު ތިން ދުވަހު ކަމަށާއި، އަނެއް ދެ ދުވަހު މުވައްޒަފުން ތިބޭނީ "ސްޑޭންޑްބައި" ޑިއުޓީގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި މި ބަދަލާއެކު އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ބަދަލު ގެންނަން ނިންމީ އެ ކުންފުނީގެ ގިނަ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު އެތައް ބަޔަކާ ބައްދަލުވެ މަސައްކަތްކުރާ ބަޔަކަށްވާތީ، އެއްވެސް ސަބަބެއް މެދުވެރިވެ، ކުންފުނީގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް މަސައްކަތަށް ނުނިކުމެވޭފަދަ ޙާލަތެއް މެދުވެރިވިނަމަވެސް ރައްޔިތުންނަށް ދޭ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ބޭނުމުގައިކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ހިދުމަތްދޭ ގަޑިތަކަށްވެސް ބަދަލު ގެނެސްފައި އެވެ.

ޓިކެޓް އޮފީސް

އާދިއްތަ ދުވަހުން ފެށިގެން އިން ބުރާސްފައްޗަށް ހެނދުނު 08:30 އިން މެންދުރު ފަހު 3:30 އަށް

ހުކުރު ހޮނިހިރު ދެ ދުވަހުވެސް ބަންދު.

ކޯލްސެންޓަރު / ވައިބާ ޕްލެޓްފޯމްގެ ހިދުމަތް

ހޮނިހިރުން ބުރާސްފައްޗަށް ހެނދުނު 08:00އިން އިރުއޮއްސި 06:00އަށް

ހުކުރު ދުވަހު މެންދުފުރު ފަހު 2:00އިން ރޭގަނޑު 08:00 އަށް މިއެވެ.

އައިލެންޑް އޭވިއޭޝަނުން ދޭ ހިދުމަތްތައް ހުއްޓާ ނުލައި، ގައުމީ ހިދުމަތުގައި މޯލްޑިވިއަން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިންވަނީ އަރުވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *