އިތުރު ދެ ރިސޯޓަކުން ތިން ބިދޭސީއަކު ޓެސްޓު ކުރަނީ

ފޯ ސީޒަންސް ލަނޑާގިރާވަރު --

އާވީ ނޭޗާސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓު (ދ. ދޫރެސް)އާއި ފޯ ސީޒަންސް ލަނޑަގިރާވަރު (ބ. ލަނޑާގިރާވަރު)އިން ތިން ބިދޭސީއެއްގެ ގައިން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ދެ ރިސޯޓު ވަގުތީގޮތުން ބަންދުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފޯރ ސީޒަން މޯލްޑިވްސް އިން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި ނަތީޖާ ލިބެންދެން އެ ދެ ރިސޯޓުވެސް މޮނީޓަރިން އަށް ލެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ދެ ރިސޯޓުން ތިން މީހަކު ޓެސްޓު ކުރާއިރު އަނަންތަރާއިން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓުވި ދިވެއްސަކު ވެސް އަންނަނީ މިހާރު ޓެސްޓު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *