އަނަންތަރާއިން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓުވި ދިވެއްސަކު ޓެސްޓު ކުރަނީ

އަނަންތަރާ -- ފޮޓޯ / އަގޯޑާ

އަނަންތާރާ ދިގު ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި ބިދޭސީ މީހާއާ ކޮންޓެކްޓުވި ދިވެއްސެއްގެ ފަރާތުންް ބަލީގެ އަލާމާތްތައް ފެންނާތީ އޭނާގެ ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ދިވެހި މީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެމީހާ އަކީ އެ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓު ކޮންޓެކްޓުވި މީހެއްކަމަށް ފާހަގަވެފައިވާ ކަމަށެވެ. އެޗްޕީއޭ އިން ބުނީ މިހާރު އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަމުންދާތީ އޭނާގެ ސާމްޕަލް ނަގައި، ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ބައްޔަށް ރާއްޖެއިން ޕޮޒުޓިވް ވެފައިނީ ބިދޭސީންނެވެ. ރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. އެކަން އިއުލާން ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ.

Leave a Reply

Your email address will not be published.