ސްޕެއިން އިން ރާއްޖެއައި ދިވެއްސަކު އެކަހެރިކޮށްފި

ސްޕެއިންގެ މަގެއް މަތީގައި ބަޔަކު ހިނގާފައިފައިދަނީ/ ފޮޓޮ- ގޫގުލް

ކޮވިޑް19 އާއި ގުޅިގެން ސްޕެއިން އިން ރާއްޖެއައި ދިވެއްސަކު އެކަހެރިކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ މީހާ އެކަހެރިކޮށްފައިވަނީ ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން ކަމަށެވެ. އަދި އެމީހާ މިާހާރު ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ބައްޔަށް ރާއްޖެއިން ޕޮޒުޓިވް ވެފައިނީ ބިދޭސީން ނެވެ. އޭގެތެރެއިން ކުރެއްދޫއިން ފަސް މީހަކު ޕޮޒިޓިވް ވެފަައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކު، ކުރަމަތި އައިލެން ރިސޯޓުން ދެ މީހަކު، އަނަންތަރާއިން ދެ މީހަކު އަދި އައިލެންޑް ސަފާރީއިން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ވަނީ ރާއްޖޭގެ ސިއްހީ ކުއްލި ހާލަތުވެސް އިއުލާންކޮށްފައެވެ.

މި ބަލިން ރައްކާތެރިވުމަށް ރާއްޖެއިން މުހިއްމު ފިޔަވަޅުތަކެއް އިއްޔެ ވެސް ވަނީ އަޅާފައެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން މަނާކުރުމާއި، މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކުރުމުގެ އިތުރުން ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ދެ ހަފްތާއަށް ބަންދުކުރަން ވަނީ އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *