ކޮވިޑް19: އުރީދޫގެ ބިލް މިމަހު ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ

މާލޭގައި ހުންނަ އުރީދޫގެ އޮފީހެއް --

އުރީދޫގެ ބިލް މިމަހު ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އޭގެތެރޭގައި އުރީދޫގެ ފޯނު ބިލާއި، ފައިބާ އަދި ވަޔަލެސް ބްރޯޑްބޭންޑްގެ ބިލު ހިމެނެ އެވެ. އަދި އޭގެ އިތުރުން ކުދި ވިޔަފާރިތަކުން އުރީދޫއަށް ދައްކަންޖެހޭ ބިލްތަކަށް މި މަހު ފައިސާ ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމަށް އުރީދޫއިން ބުނެފައި ވެއެވެ.

މީގެ އިތުރުން މި މަހުގެ ނިޔަލަށް އުރީދޫގެ ކަސްޓަމަރުންނަށް، އެހެން ނެޓްވޯކުތަކުގެ ނަމްބަރުތަކަށްވެސް ހިލޭ އެސްއެމްއެސް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އަދި އެޗްޕީއޭއިން އަންގައިގެން ގޭގައި މަޑުކުރަން ޖެހޭ އާއިލާތަކަށް ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ ލިބޭނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކުވަނީ ޕޮޒިޓިވް ވެފައވެ. އަދި ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސްވަނީ އިއުލާންކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.