ޑަބްލިއުއެޗްއޯ އިން ރާއްްޖެ އަށް 5000 ޓެސްޓް ކިޓް ހަދިޔާކޮށްފި

ޑަބްލިއުއެޗްއޯ އިން ރާއްްޖެ އަށް ޓެސްޓު ކިޓުތައް ހަދިޔާކުރުން / ފޮޓޯ: - ހެލްތް މިނިސްޓްރީ

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް ކޮވިޑް19 އަށް ޓެސްޓު ކުރަން 5000 ކިޓް ހަދިޔާކޮށްފިއެވެ.

ޑަބްލިއެޗްއޯއިން ރާއްޖެ އަށް 5000 ޓެސްޓްކިޓް ހަދިޔާކޮށްފައިވައިރު، މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި ޑަބްލިއެޗްއޯގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެޖަމާއަތުގެ މަންދޫބު ޑރ. އަރުވިންދު މާތޫރު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ވެސް ޓެސްޓްކުރަން ފަށަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ކޮވިޑް ފެތުރެން ފެށުމާ އެކު ރާއްޖެ އަށް ފުރަތަމަ 1000 ޓެސްޓްކިޓް ހަދިޔާކޮށް ފަ އެވެ.

ކޮވިޑް19 އާއި ގޔުޅިގެން ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބިދޭސިންނެވެ. އޭގެތެރެއިން ކުރެއްދޫއިން ފަސް މީހަކު ޕޮޒިޓިވް ވެފަައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކު، ކުރަމަތި އައިލެން ރިސޯޓުން ދެ މީހަކު، އަނަންތަރާއިން ދެ މީހަކު އަދި އައިލެންޑް ސަފާރީއިން ވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ވަނީ ރާއްޖޭގެ ސިއްހީ ކުއްލި ހާލަތުވެސް އިއުލާންކޮށްފައެވެ.

މި ބަލިން ރައްކާތެރިވުމަށް ރާއްޖެއިން މުހިއްމު ފިޔަވަޅުތަކެއް އިއްޔެ ވެސް ވަނީ އަޅާފައެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން މަނާކުރުމާއި، މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކުރުމުގެ އިތުރުން ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ދެ ހަފްތާއަށް ބަންދުކުރަން ވަނީ އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *