ސަފާރީން ޓެސްޓު ކުރި ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ސަފާރީތަކެއް --

ރާއްޖޭގައި އޮޕަރޭޓް ކުރާ ސަފާރީއަކުން ކޮވިޑް19 އަށް ޝައްކު ވެގެން ޓެސްޓު ކުރި ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މި ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއި އެކުގައި މިއީ ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް19 ގެ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ ސަފާރީއަކީ "އައިލެންޑް ސަފާރީ 1" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށެވެ. އޭނާ ވިދާޅުވީ ސަފާރީއިން ބައްޔަށް ޝައްކު ކުރެވޭ ދެ މީހަކު ޓެސްޓުކުރުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ސަފާރީ އޮތީ އައިސޮލޭޓު ކޮށްފައި ކަމަށެވެ.

އެ ސަފާރީ އޮތީ ފުވައްމުލައް ސަރަހައްދުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ދެން އެ ސަފާރީ ދަތުރު ކުރާނީ ރަނގަޅަށް ކްރިޓިކަލް ކެއާ ދެވޭކަހަލަ ތަނަކާ ދިމާލަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.