ބަނގުރާ ފުޅި ތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުން މީހަކު ހައްޔަރުކޮށްފައި/ ފޮޓޯ- ޕޮލިސް

ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިންސް އަދި ސްޕެޝިއަލް އޮޕަރޭޝަން ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެއަށް އެތެރެ ކުރަން އުޅުނު ބަނގުރާ ފުޅިތަކެއް ހޯދައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްގެ އިތުރުން 36 އަހަރުގެ ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެއަށް ބަނގުރާ އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މާރިޗް މަހުގެ 11 ވަނަ ދުވަހުގެ 22:30 ހާއިރު ހުޅުމާލެ ވެމްކޯ ޖެޓީ ސަރަހައްދުން ކަމަށެވެ.

މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ތިން މީހުންގެ އަތުން 12 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލަ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *