އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމަށް، އެ ޕާޓީގެ ރިޔާސީ ޓިކެޓްގެ ގޮތުގައި "އައްޑަނައެއް" ހަވާލުކުރުމުން، ހިތާއި ފުރާނަ ރާއްޖެއަށް ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެއްޖެއެވެ.

ނުވަހާހަށް ވުރެ ގިނަ މެމްބަރުންގެ މައްޗަށް އެކުލެވޭ ސިޔާސީ ޕާޓީ، އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް ހަވާލުކުރި ހަފްލާގައި އޭނާ ވާހަކަފުޅު ދެއްކެވީ ގައުމީ ޖޯޝުގައެވެ. އިޖުތިމާއީ، ސިޔާސީ އަދި އިގްތިސާދީ މައްސަލަތަކަށް ވެސް އޭނާ މިރޭ ވާހަކަފުޅު ދެއްކެވިއެވެ.

ނާޒިމްގެ ވާހަކަފުޅުގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުން ދައްކަވާފައިވާ ބައެއް ވާހަކަތައް ޖަލްސާގެ ބައިވެރިންނަށް ކިޔައިދެއްވިއެވެ. އަވަހާރަކޮށްލާފައިވާ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވި ވާހަކައެއް ކިޔައިދެއްވަމުން ނާޒިމް ވިދާޅުވީ އޭނާ އަކީ ސިޔާސީ ގޮތުން ނާކާމިޔާބީތަކެއް ކުރިމަތިވެފައިވާ މީހެއް ކަމަށާއި އެ ސަބަބުތަކާހުރެ ޖަޕާނަށްޓަކާ ގުރުބާންވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޝިންޒޯ އަބޭ ވިދާޅުވި ކަމަށެވެ.

"އެހެންކަމުން ޝިންޒޯ އަބޭ ވިދާޅުވިހެން، އަޅުގަނޑު މި ހުރީ އަޅުގަނޑުގެ ހިތާއި ފުރާނަ ދިވެހިރާއްޖެއަށް ދިނުމަށް ތައްޔާރަށް،" ނާޒިމް ވިދާޅުވިއެވެ.

[caption id="attachment_51943" align="alignnone" width="2560"] ރިޔާސީ ޓިކެޓް ނާޒިމަށް އެރުވި ޖަލްސާގެ ތެރެއިން-- ހަތާވީސް ފޮޓޯ/ މުހައްމަދު އަފްރާހު[/caption]

ނާޒިމް ވިދާޅުވީ އޭނާއަށް ވުރެ، ބޮޑަށް ދިވެހި ފަސްގަނޑު ދެކެ ލޯބިވާ އެހެން މީހެއް ނުހުންނާނެ ކަމަށެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން، އޮކްޓޯބަރު 25، 2021،ގައި ރަޖިސްޓްރީ ކުރި އެމްއެންޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާޒިމްގެ ކެމްޕެއިން މޮޓޯއަކީ "އުޖާލާ ޒަމާން"އެވެ.

އޭނާ ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ، ހަގީގީ މާނައިގައި ދުނިޔެމަތީގެ ސުވަރުގެއަށް ރާއްޖެ ހައްދަވާނެ ކަމަށެވެ.

"ހަގީގީ މާނައިގައި ދުނިޔެމަތީގައި ސުވަރުގެކަމުގައި ހެދުން އެއީ އަޅުގަނޑުގެ އަމާޒު. އިރާދަކުރެއްވިއްޔާ ތި ލޮބުވެތި ރައްޔިތުންނަށް، ދިވެހި ލޮބުވެތި ރައްޔިތުންނަށް އުޖާލާ ޒަމާނެއް ދިވެހިންނަށް އަޅުގަނޑު ހޯދައިދޭނަން،" ނާޒިމް ވިދާޅުވިއެވެ.

https://twitter.com/hathavees/status/1662353325592043520?s=46&t=xapWNGbbfBd0uN9xb5fzNA

ނާޒިމްގެ މިރޭގެ ވާހަކާގައި އޭނާ ވަނީ ސިފައިންގެ ހިދުމަތުގައި ހުންނަވަނިކޮށް، ބޭއިންސާފުން ވަކިކުރި ކަމަށާއި ކުރީގެ ސަރުކާރުގައި ވަޒީރުކަމުގައި ހުއްޓާ ހައްޔަރުކޮށް، ޖަލަށްލީ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދު ނުކުމެ ހުންނެވީ ގައުމީ ހިދުމަތަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

[caption id="attachment_51949" align="alignnone" width="2560"] ރިޔާސީ ޓިކެޓް ނާޒިމަށް އެރުވި ޖަލްސާގެ ތެރެއިން-- ހަތާވީސް ފޮޓޯ/ މުހައްމަދު އަފްރާހު[/caption]