ހިޔާ ފްލެޓްތަކަށް އެދުނު މީހުންގެ ހާލަތު ބެލުން މެދުކަނޑާލައިފި

ހިޔާ ފްލެޓް-

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެގައި އިމާރާތް ކޮށްފައިވާ، ފްލެޓްތަކަށް އެދުނު މީހުންގެ ހާލަތު ބެލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ރައީސް އޮފީހުން ބުނީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލާފައި ތިބި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ ކުރަމުން އަންނަ މަސައްކަތް ކޮވިޑް19 ގެ ސަބަބުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޓީއިން އެ ފިޔަވަޅު އަޅާފައިވަނީ ހުރިހާ ފަރާތްތަކެއްގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި ކަމަށާއި އެ މަސައްކަތް އަލުން ފެށުމުގެ ކުރިން އެކަން އާންމުކޮށް އިއުލާންކުރެވޭނެ ކަމަށް ކޮމެޓީން ބުނެފައިވާ ކަމަށެވެ.

ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 11 ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން ކުރެއްދޫ ރިސޯޓުން 5 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓން 2 މީހަކު، ކުރަމަތި ރިސޯޓުން 2  މީހެއްގެ އިތުރުން އަނަންތަރާ ރިސޯޓުން 2 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. މިހުރިހާ އެންމެނަކީވެސް ބިދޭސީންނެވެ.

މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން މަނާކުރުމާއި، މާލޭ ސަރަހައްދުގައި ހުރި އެއްވެސް ގެސްޓްހައުސަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކުރުމުގެ އިތުރުން ކޮލްޖުތަކާއި ޔުނިވާސިޓީތައްވެސް ދެ ހަފްތާއަށް ބަންދުކުރަން ވަނީ އަންގާފައެވެ. ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *