މީގެ ކުރިންވެސް ލަންކާއިން ވަނީ އެކި ގައުމުތަކަށް ވިސާ ދިނުން ހުއްޓާލާފައެވެ. ނަމަވެސް އޭރު ދިވެހި ރާއްޖެ އެ ލިސްޓުގައި ނުހިމެނެއެވެ. ނަމަވެސް މިއައި ބަދަލާއެކި ދިވެހިންނަށްވެސް އޮން އެރައިވަލް ވިސާ ލިބުން ދަތިވާނެ އެވެ.
ވިސާ ދިނުން ހުއްޓާލާފައިވާ ގައުމުތަކުގެ މީހުންނަށް ވެސް ކޮންމެހެން ލަންކާއަށް ދަތުރު ކުރަން ބޭނުން ނަމަ، ކުރިން ވިސާ ނަގައިގެން ލަންކާ އަށް ދަތުރު ކުރެވޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.
ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 11 މީހަކު ވަނީ ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން ކުރެއްދޫ ރިސޯޓުން 5 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓން 2 މީހަކު، ކުރަމަތި ރިސޯޓުން 2 މީހެއްގެ އިތުރުން އަނަންތަރާ ރިސޯޓުން 2 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. މިހުރިހާ އެންމެނަކީވެސް ބިދޭސީންނެވެ. ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ސްރީލަންކާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފިއެވެ.
ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިވެހިންގެ އިތުރުން ސިންގަޕޫރުު އަދި ސީޝެލްސް ރައްޔިތުންނަށް ވަކި ގޮތެއް އަންގަންދެން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލުމަށް އެ ގައުމުގެ ސަރުކާރުންވަނީ ނިންމާފަ އެވެ.