އަނަންތަރާ ރިސޯޓުން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ހެލްތު މިނިސްޓްރީ

އަނަންތަރާ ދިގު ރިސޯޓުން އިތުރުން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ބިދޭސީއެއް ކަމަށެވެ. އެމީހާ އަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައިވާ ފަރާތެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަނަންތަރާ ރިސޯޓުން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއެކު މިހާތަނަށް އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރާފައެވެ. އޭގެތެރެއިން ކުރެއްދޫ ރިސޯޓުން 5 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓން 2 މީހަކު، ކުރަމަތި ރިސޯޓުން 2  މީހެއްގެ އިތުރުން އަނަންތަރާ ރިސޯޓުން 2 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. މިހުރިހާ އެންމެނަކީވެސް ބިދޭސީންނެވެ.

ކޮވިޑް19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުންވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ރެއިން ފެށިގެން އެއްވެސް ރިސޯޓެއްގައި ހުރި މުވައްޒަފެއް ނުވަތަ ފަތުރުވެރިއަކަށް އެހެން ރަށަކަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ރަޖިސްޓްރީ ކޮށްފައިހުރި ގެސްޓް ހައުސްތަކަށާއި، ހޮޓެލްތަަކަށްވެސް ޗެކްއިންވުން ވަނީ މަނާކޮށްފައެވެ. އޭގެއިތުރުން ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *