ރީތި ބީޗުންވެސް މީހަކު ޝައްކުވެގެން ޓެސްޓު ކުރަނީ

ރީތި ބީޗު ރިސޯޓު ---

ރީތި ބީޗް ރިސޯޓުން ކޮވިޑް19 ގެ އަލާމާތްތައް ހުރި މީހަކު ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރީތި ބީޗް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މުޅި ރާއްޖެއިން މިހާރު ވަނީ މި ބައްޔަށް 10 މީހަކު ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީ ވެސް ރާއްޖޭގެ އެކި ރިސޯޓުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުންނެވެ. އެ ރިސޯޓުން މި ބައްޔަށް ޖުމްލަ ފަސް މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ސަރުކާރުން އަންނަނީ ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަދު ސަރުކާރުން ވަނީ ފްރާންސާއި ޖަރުމަނު އަދި ސްޕެއިން އިން ރާއްޖެ އަށް މީހުން އެތެރެ ކުރުން މެދުކަނޑާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.