ކޮލެޖުތަކާއި ޔުނިވާސިޓީތައް ބަންދު ކުރަން އަންގައިފި

ގައުމީ ޔުނިވާސިޓީ --

ރާއްޖޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީޓަކާއި ކޮލެޖުތައް ބަންދު ކުރުމަށް އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށެވެ. އަދި އެ އެންގުމަށް ހުރިހާ އިދާރާތަކަކުން ވެސް ބޯލެނބުމަށް ވަނީ އެދިފައެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވާޅެއްގެ ގޮތުން ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ޕަބްލިކް ހެލްތު އެމަޖެންސީ ވަނީ އިއުލާނުކޮށްފިއެވެ. ކޮލެޖުތަކާއި ޔުނިވާސިޓީތައް ބަންދު ކުރުމަށް އެންގިއިރު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކިޔެވުން ވެސް ވަނީ އެއް ހަފްތާއަށް ފަސް ކޮށްފައެވެ. އަދި ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައި ދިނުމުގެ މަސައްކަތް އެޑިއުކޭޝަނުން އަންނަނީ ކުރަމުންނެވެ.

ރާއްޖެއިން ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ 10 މީހަކު ވަނީ ފެނިފައެވެ. މި ހުރިހާ އެންމެންނަކީވެސް ބިދޭސީންނެވެ. އޭގެތެރޭގައި އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާ ފަތުރުވެރިން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *