ސްޕެއިންއާ ޖަރުމަނުން މީހުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

ވީއައިއޭ އެއާޕޯޓުގައި ފަތުރުވެރިންތަކެއް: ފޮޓޯ / އަވަސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ސްޕެއިންއާ ޖަރުމަނު އަދި ފްރާންސުން މީހުން އައުން މަނާކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ތިން ގައުމުން މީހުން އައުން މަނާ ކުރަނީ މިރޭ ދަންވަރު 12:00 އިން ފެށިގެން ކަމަށެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވިދާޅުވީ، ފްރާންސް އަދި ޖަރުމަނުން މީހުން އައުން މަނާކުރި ސަރައްހަދުތައް މިއަދު ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ސްޕެއިން އިން މިހާތަނަށް 5,232 މީހުން ވައިރަށް ޕޮޒިޓްވި އިރު، 133 މީހުން ވަނީ މަރުވެފައެވެ. ފްރާންސް އިން 3,661 ޕޮޒިޓިވްވި އިރު، 71 މިހަކު ވަނީ މަރުވެފައެވެ. ޖަރުމަނުން 3,675 މީހުން ޕޮޒިޓިވިވެ، އަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ

ރާއްޖެއިން މިހާތަނަށް 10 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު އެ ހުރިހާ އެންމެންނަކީ ވެސް ހުސް ބިދޭސީންނެވެ. އަދި މިހާތަނަށް އެއްވެސް ދިވެއްސަކަށް މި ބަލި ޖެހިފައި ނުވި ނަމަވެސް، ގިނަ އަދަދެއްގެ ދިވެހިން ވަނީ މި ބައްޔަށް ޓެސްޓު ކުރެވިފައެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުން ދާތީ ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *