ކުރެއްދޫ އިން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ކުރެއްދޫ ރިސޯޓް ---

ކުރެއްދޫ އައިލެންޑު ރިސޯޓުން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ކުރެއްދޫއިން ޓެސްޓު ކުރި މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި 9 މީހަކު އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

“ހަތާވީސް އޮންލައިން” އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާއަކީ އިޓަލީއަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާއަކީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ވައިރަހަށް ޕޮޒިޓިވްވި ކަމަށް ބުނި މީހާއާ ގުޅުމެއް އޮންނަ މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް މިހާތަނަށް އެކަމުގެ އެއްވެސް އެއްޗެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކޮށްދެއެވެ.

މިއީ ރާއްޖެއިން ކޮވިޑް19 ފެނުނު 10ވަނަ މީހާއެވެ. އިއްޔެވެސް މި ބައްޔަށް މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ އަނަންތަރާ ރިސޯޓުގެ މީހެކެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހުސް ބިދޭސީންނެވެ. އޭގެތެރެއިން ގިނަ މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.