ބަނޑޮހާއި މީރު އައިލެންޑު ރިސޯޓުންވެސް ޝައްކުވާ ދެ މީހަކު ފެނިއްޖެ

ބަންޑޮސް އައިލެންޑް ރިސޯޓު --

ބަނޑޮސް އައިލެންޑު ރިސޯޓު އެންޑް ސްޕާ އަދި މީރު އައިލެންޑުން ކޮވިޑް19 އަށް ޝައްކުވާ ދެ މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ބަނޑޮސް އާއި މީރު އައިލެންޑުން ބައްޔަށް ޝައްކު ކުރެވޭ އަލާމާތް ފެނިފައިވަނީ ބިދޭސީންތަކެއްގެ ފަރާތުން ކަމަށެވެ. އަދި އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދެމީހުން ވަނީ ހޯމް އައިސޮލޭޝަން އަށް ލާފައެވެ. އެޗްޕީއޭ އިން ބުނީ އެ ދެ ރިސޯޓު ވެސް މޮނީޓަރިން އަށް ލާފައިވާ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައިވާއިރު މުޅި ޖުމްލަ މިހާތަނަށް 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މި ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އަދި އެ މީހުންނަކީ އެކި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައި ފަތުރުވެރިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.