ކޮވިޑް19: ސަފާރީއެއްގައި ތިބި ދެ މީހަކަށް ޝައްކުވާތީ ބަލަނީ

ސަފާރީތަކެއް --

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަފާރީއެއްގައި ތިބި ދެ މީހުން އެ ބައްޔަށް ޝައްކުާވޓި އެކަން ބަލަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ސަފާރީއެއްގައި ތިބި ދެ މީހުންނަށް ކޮވިޑް19 އަށް ޝައްކު ކުރެވޭތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި މިވަގުތު އެ ސަފާރީ ވެސް އޮތީ މޮނީޓަރިންގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް 9 ކޭސްއެއް މިހާރު ވަނީ ފެނިފައެވެ. އެންމެ ފަހުން މި ކޭސްއަށް ޕޮޒިޓިވްވި މީހާ ފެނުނީ އަނަންތަރާ ރިސޯޓުންނެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ. ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން އަދި އެބަލި ފެތުރިގެންދާ ހަލުވި މިނަށް ބެލުމަށްފަހު ސަރުކާރުން މިހާރު ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *