މުއްދަތު އިތުރުކުރާއިރު މެޑިކަލް ރިޕޯޓާ ނުލާ ވިސާދޫކުރާނެ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން/ ފޮޓޯ: އިމިގްރޭޝަން

ކޮވިޑް19 އާއި ގުޅިގެން ވާކް ވިސާ އަދި އެހެނިހެން ވިސާތަކުގެ މުއްދަތު އިތުރު ކުރުމަށް އެދި ހުށަހަޅާއިރު މެޑިކަލް ރިފޯޓާއި ނުލާވެސް ވިސާ ދޫކުރާނެ ކަމަށް އިމްގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔަނުގައި ބުނެފައިވަނީ، ރާއްޖެއިންވެސް ކޮވިޑް19 ފެނުމާއި ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވައިރު، އެ މުއްދަތުގެ ތެރޭގައި ވާކް ވިސާ އަދި އެހެނިހެން ވިސާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އަލަށް ވާކް ވިސާ އަދި އެހެނިހެން ވިސާއަށް އެދި ހުށަހަޅާއިރު، މިހާރުވެސް އަމަލު ކުރަމުންދާ ގޮތުގެ މަތިން މެޑިކަލް ރިޕޯޓު ހުށަހަޅަންޖެހޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ކޮވިޑް19 ރާއްޖޭގައިވެސް ފެތުރުމާއި ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ދަތުރު ފަތުރުކުރުން މަދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.