ކޮވިޑް19: އިންގްލިޝް ޕްރެމިއާ ލީގްވެސް ފަސްކޮށްފި

އިންގްލިޝް ޕްރެމިއާގެ ޗީފް އެކްސެކެޓިވް ރިޗާޑް މާސްޓާސް/ ފޮޓޯ- ސީއެންއެން

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން އިންގްލިޝް ޕްރެމިއާ ލީގް (އީޕީއެލް) ގެ މެޗުތައް އޭޕްރީލް މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ފަސްކޮށްފިއެވެ.

އީޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ނިންމުން ނިންމާފައިވަނީ މިއަދު ހުރިހާ ޝެއާ ހޯލްޑަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާގައި ކަމަށެވެ. އަދި އެ ބައްދަލުވުމަށްފަހު ނިންމީ އިންގްލޭޑުގައި ބާއްވަން ހަމަޖެހިފައިވާ އިންގްލިޝް ޕްރެމިއާ ލީގް ކޮވިޑް19 އާއި ގުލިގެން ފަސް ކުރުމަށް ކަމަށެވެ.

މިހާތަނަށް ކޮވިޑް19 އަށް އާސެނަލްގެ ހެޑް ކޯޗް މިކެއިލް އަރްތެތާ އަދި ޗެލްސީގެ ކުޅުންތެރިޔާ ކޭލަމް އަޑްސަން އޮޑޯއި ވަނީ ޕޮޒިޓިވް ވެފައެވެ.

ޕްރެމިއާ ލީގްގެ ޗީފް އެކްސެކެޓިވް ރިޗާޑް މާސްޓާސް ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައު ހުރިހާ ފަރާތަކުންވެސް ކްލަބްތަކާ، ސަރުކާރާއި، ފުޓްބޯލް އެސޯއިއޭޝާނާއި އަދި އިނގިރޭސި ފުޓްބޯޅަ ލީގާއި އެއްކޮށް ވަރަށް ގާތުން މަސައްކަތް ކޮށް ކުޅުންތެރިންގެ ސިއްހީ ހާލަތު ރަނގަޅުކަމަށް ޔަގީންކަން އަރުވާފައި ވެއެވެ. އަދި މިވަގުތު އެންމެ މުހިއްމީ މުވައްޒަފުންނާއި، ސަޕޯޓަރުންގެ ސަލާމަތްތެރިކަން ކަމަށް ރިޗާޑް ވިދާޅުވިއެވެ.

ޕްރިމިއާ ލީގުގެ މެޗުތައް މެދުކަނޑާލަން ނިންމާފައިވައިރު، އިއްޔެ ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ކުޅުންވެސް ވަގުތީގޮތުން މެދުކަނޑާލާފައެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގެ ކުޅުންވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.