ވިލިނގިލިން މަރުވި މީހާގެ މައްސަލައިގަ 6 މީހަކު ހައްޔަރު ކޮށްފި

ޕޮލިސް-

ގއ. ވިލިނގިލީގައި މަރުވި މީހާގެ މައްސަލައާއި ގުޅިގެން އެކަމަށް ތުހުމަތު ކުރެވޭ 6 މީހަކު ކޯޓު އަމުރުގެ ދަށުން މިއަދު ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ހައްޔަރު ކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދެ މީހަކާއި، އުމުރުން 18 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރުގެ ދިވެހިން ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ، ގއ. އަތޮޅު ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ފަތިހު 05:00 ހާއިރު ކަމަށާއި، އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 05:09 ހާއިރު ކަމަށެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *