ކޮވިޑް19 އާއި ބެހޭ ޓެލެކޮންފަރެންސްގެ ދައުވަތަށް ރައީސްގެ މަރުހަބާ!

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ މަޝްވަރާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދައުވަތު ދެއްވުމުން އެކަމަށް ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވަނީ ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ މަޝްވަރާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވާ ގޮވާލެއްވުމުން، އެކަމަށް ޝުކުރު ދަންނަވާފައެވެ. ރައީސް ވިދާޅުވީ ކޮވިޑް19 އިން ސަލާމަތްވުމަށް ބުރަ މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށާއި، އަދި އެ މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ސާކްގެ ހުރިހާ ގައުމުތަކުން އެއްބައި ވެގެން ކޮވިޑް19 އާއި ދެކޮޅަށް ވަރުގަދަ ސްޓްރެޖީ ޕްލޭނެއް އެކުލަވާލައި، ހުރިހާ ގައުމުތަކުން ވެގެން އެ ބަލިން ހަނގުރާމަ ކުރުމުގެ  މަސައްކަތް ކުރުމަށް އޭނާ ހުށަހަޅުއްވާ ކަމަށެވެ. މޯދީ ވިދާޅުވީ މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވީޑިއޯ ކޯލް މެދުވެރިކޮށްވެސް ވާހަކަ ދެކެވޭނެ ކަމަށާއި، ސިއްހަތު ރަނގަޅު ދުނިޔެއަކަށްޓަކައި ގުޅިގެން އެކުގައި ކުރާ މަސައްކަތުން މުޅި ދުނިޔެއަށް ނަމޫނާ ދެއްކިދާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ނުތަނަވަސްކަމާއެކު، ދެކުނު އޭޝިއާގެ އަށް ގައުމު ހިމެނޭ ސާކް ޖަމިއްޔާގެ ހަރަކާތްތައް ވަނީ ހުއްޓުން އަރާފައެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެތެރެއިން އެންމެ ގިނައިން މީހުން ކޮރޯނާ ވައިރަހަށް ޕޮޒިިވްވެފައިވަނީ އިންޑިއާއެވެ. އެގައުމުން 75 މީހަށްކަށް ވައިރަސް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން އެކަކު ވަނީ މަރުވެފައެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ރާއްޖެގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެވަނީ އިއުލާންކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *