ކެނެޑާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ވައިރަހަށް ޕޮޒިޓިވްވެއްޖެ

ކެނެޑާގެ ބޮޑުވަޒީރު އަދި އަނބިކަނބަލުން --

ކެނެޑާ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ އަނބިކަބަލުން ސޯފީ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކެނެޑާ ބޮޑުވަޒީރުގެ އަނބިކަނބަލުން ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިވަގުތު އެގައުމުގެ ބޮޑުވަޒީރު ޓުރޫޑޯ ވެސް ހުންނެވީ އެކަހެރިވެވަޑައިގެންނެވެ. ބޮޑުވަޒީރުގެ އަނބިކަނބަލުން ސޯފީ ޓުރޫޑޯ ލަންޑަނުން އަނބުރައި ކެނެޑާއަށް ވަޑައިގެންނެވުމަށްފަހު ރޯގާއާ އެއްގޮތް ޢަލާމާތްތަކެއް އޭނާ ކިބައިން ވަނީ ފެނިފައެވެ. އެހެންކަމުން އޭނާ ކޮވިޑް19އަށް ޓެސްޓުކުރިއެވެ.

ކެނެޑާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ބޮޑުވަޒީރުގެ އަނބިކަނބަލުން ކޮވިޑް19 ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ. އަދި އެއޮފީހުން ބުނެފައިވާ ގޮތުގައި ބޮޑުވަޒީރުގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެނެއެވެ. ނަމަވެސް އެކެހެރިވެވަޑައިގެންފައި ވަނީ ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް 14 ދުވަހުގެ މުއްދަތަށެވެ. އެކަހެރިކޮށް ހުންނެވިނަމަވެސް ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ބޮޑުވަޒީރު އޮފީހުން ބުނެފައިވެއެވެ.

އައިސޮލޭޝަންއަށް ވަޑައިގެން ފަހުން އަނބިކަނބަލުން ސޯފީ އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެކަމަނާއަށް ވައިރަހުގެ ސަބަބުން އުނދަގޫތައް އިހުސާސްކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އާލާސްކަންފުޅުން ރަނގަޅުވާނެ ކަމުގެ އުންމީދުއާ ކުރައްވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.