ވިލިނގިލީގައި މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

ގއ. ވިލިގިނލި-

ގއ. ވިލިނގިލީގައި މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިއިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ފަތިހު 05:00 ހާއިރު ކަމަށާއި، އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 05:09 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅުން ހުރިކަމަށް ބެލެވޭ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.