ޕެޓްރޮލާއި ޑީސެލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

އެސްޓީއޯ އިން އަނެއްކާވެސް ޕެޓްރޯލް އަދި ޑީސެލްގެ އަގު ހެޔޮ ކޮށްފިއެވެ.

އެސްޓިއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.53 ރުފިޔާ ވަނީ އަގުހެޔޮ ކޮށްފައިވާކަމަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކަމުން އައީ 10.13 ރުފިޔާ އަށެވެ. މި ބަދަލާއި އެކު ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.60 ރުފިޔާއަށް ކަމަށް އެެސްޓިއޯއިން ބުނެއެވެ.

އެސްޓިއޯއިން ވަނީ ޑީސަލް ލީޓަރަކުން 0.50 ރުފިޔާ ހެޔޮކޮށްފައެވެ. މީގެ ކުރިން އެސްޓީއޯއިން ޑީސެލް ލީޓަރެއް ވިއްކަމުން އައީ 10.89 އަށޭވެ. ނަމަވެސްމި ބަދަލާއެކު އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކާނީ 10.39 ރުފިޔާ އަށެވެ.

އެސްޓީއޯއިން ބުނީ ޑީސަލް އަދި ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ހެޔޮ ބަދަލާއި ގުޅިގެން ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެކުންފުނިން ވިދިވިދިގެން ހެޔޮކުރި ހަތަރު ވަނަ ފަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *