އޭދަފުށިން މޫދަށް ގެނބުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންނަނީ

ބ އޭދަފުށި/ ފޮޓޯ: އޭދަފުށި ޓައިމްސް

ބ. އޭދަފުށިން މޫދަށް ގެނބުނު ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެންނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 16:45 ހާއިރު އޭދަފުށީ ހުޅަނގު ފަރާތު ދޯނި އެހެލާ ސަރަހައްދަށް މޫދަށް އެރި އުޅުނު 12 އަހަރުގެ އަންހެން ކުއްޖަކު ގެނބިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި ގެނބުނު ކުއްޖާ ސަލާމަތް ކޮށްފައިވަނީ އާއްމު މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ކުއްޖާއަސް ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް މަލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *