އޮބްލޫ – ސަންގެލި ރިސޯޓުން ޝައްކު ކުރެވޭ ދެ ބިދޭސީއެއްގެ ސާމްޕަލް ނަގަނީ

އޮބްލޫ ސަންގެލި ރިސޯޓު --

އޮބްލޫ – ސަނެގެލި ރިސޯޓުން ކޮވިޑް19 އަށް ޝައްކުކުރެވޭ ދެ ބިދޭސީއެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އެ ދެމީހުންގެ ގައިން ވެސް ކޮވިޑް19 އަށް ޝައްކުވާ އަލާމާތްތަކެއް ހުރުމުން އެކަން ބަލަމުން އަންނަ ކަމަށާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދެ މީހުންގެ ޓެސްޓުގެ ނަތީޖާ ލިބެންދެން ރިސޯޓު އޮންނާނީ މޮނީޓަރިންގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ރޭ ވެސް ވަނީ އިތުރު ރިސޯޓެއް މޮނީޓަރިންގައިވާ ކަމަށް ބުނެފައެވެ. އެއީ ސަން އަކުއާ އިރުވެލި ރިސޯޓެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެކަން އިއުލާން ކުރީ މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އިއުލާން ކުރީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިނިސްޓަރުވަނީ އިއުލާންކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.