ކޮވިޑް19: ކުވެއިތްގެ ބެންކަކުން ހަތަރު ހަފްތާއަށް ފައިސާތަކެއް ކަރަންޓީންކޮށްފި

ކުވެއިތުގެ ދީނާރު (އެ ގައުމުގައި ބޭނުންކުރަމުންދާ ފައިސާގެ ނޯޓުތައް) / ފޮޓޯ- ރޮއެޓާސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19އާއި ގުޅިގެން ކުވެއިތްގެ ބޭންކަކުން ހަތަރު ހަފްތާ ވަންދެން އެ ބޭންކުގައި ރައްކާ ކޮށްފައިހުރި ބޭންކު ނޯޓުތައް ކަރަންޓީން ކޮށްފިއެވެ.

ކުވެއިތްގެ ސެންޓްރަލް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ބޭންކުގައި ރާއްކާ ކޮށްފައި ހުރި ބޭންކު ނޯޓުތަކުން ކޮވިޑް19 ފެތުރުނަ ނުދިނުމަށްޓަކައި، އެ ނޯޓުތައް ދައުރުވުމުގެ ކުރިން މަދުވެގެން ހަތަރު ހަފްތާ ވަންދެން ފޮއްޓެއްގައި ބަހައްޓައި ކަރަންޓީންކޮށްފައިވާ ކަމަށެވެ.

” ބޭންކުން ދަނީ ފައިސާތައް ރާއްކާ ކޮށްފައިވާ ފޮށި ސްޓެރައިލް ކުރަމުން. މި ފަންޑްތައް ޑެލިވާ ކުރަމުންދަނީ އާންމުންނާއި އެ ބޭންކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން” ބޭންކުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް19 ފެތުރި އެ ގައުމުގެ އިގްތިސާދަށް އަސަރުކުރަމުންދާތީ ކުވެއިތުގެ ސެންޓްރަލް ބޭންކުންވަނީ އެގައުމުގެ ފައިނޭންޝިއަލް ސެކްޓަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި ކޮމާޝިއަލް ބޭންކުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ނިންމާފައެވެ. އޭގެއިތުރުން އެގައުމުގެ އޭޓީއެމްތަކުންނާއި، ޕޮއިންޓް އޮފް ސޭލް ޑިވައިސް ތަކުން ނަފާ ފީތައް އުނިކޮށް، ކޮންޓެކްޓްލެސް ޕޭއިމެންޓްސްތަކުން މަދުވެގެން 25 ދީނާރަށް ކެނޑޭނެހެން ހަދާދީފައެވެ.

މީގެ އިތުރުން ބޭންކްތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައި ވެއެވެ. އަދި ކޮމާޝިއަލް ކުންފުނިތަކަށް ބޭނުންވާ ފުޑް ސެކިއުރިޓީއާއި އެހެނިހެން އެހީތެރިކަންވެސް އެ ބޭންކުން ފޯރުކޮށް ދެމުންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ކުވެއިތުން ކޮވިޑް19 އަށް މިހާތަނަށް 80 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އެ ގައުމުގައި ކޮވިޑް19 އިތުރަށް ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ގައުމުން ދަތުރުކުރާ އަދި އަންނަ ހުރިހާ ކޮމާޝިއަލް ފްލައިޓްތައްވަނީ މެދުކަނޑާލާފައެވެ. އަދި އެގައުމުގެ މޯލްތަކާއި ރެސްޓޯރެންޓް ބަންދުކޮށް ޗުއްޓީވަނީ އިތުރުކޮށްފައެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ކޮވިޑް19 އަކީ ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް އިއުލާންކޮށްފައެވެ. ކޮވިޑް19 ގެ ސަބަބުން މިހާތަނަށް 134،806 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 4،984 މީހަކުވަނީ މަރުވެފައެވެ. އޭގެތެރެއިން 70،395 މީހުންވަނީ މި ބަލިން ސަލާމަތް ވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.