މެލޭޝީއާއިން ރާއްޖެއައި ދިވެހި މީހާ ކޮވިޑް19އަށް ނެގެޓިވް

މެލޭޝިޔާގެ މަގެއްގެ މަތީގައި މީހުންތަކެއް މާސްކު އަޅައިގެން --

މެލޭޝިއާއިން ދިވެހިރާއްޖެއައި ދިވެހިމީހާ ކޮވިޑް19 އަށް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެމީހާ ކަރަންޓީންކޮށްފައިވަނީ އިއްޔެ މެލޭޝީޔާއިން ރާއްޖެއައި ފަހުންނެވެ. އެޗްޕީއޭ އިން ބުނީ، އެމީހާއަކީ ކޮވިޑް19 އަށް ޕޮިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ދިވެހިރާއްޖެއަށް އައި ފަރާތެއް ކަމަށެވެ.

އަދި އެމީހަގެ ގައިން ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އެފަރާތުގެ ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ވަނީ ކަރަންޓީންކޮށްފައެވެ. 

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވަނީ އިއުލާން ކޮށްފައެވެ.

އެކަން އިއުލާން ކުރެއްވީ ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އިއުލާން ކުރީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިނިސްޓަރުވަނީ އިއުލާންކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *