ކައުންސިލް އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އެލަވަންސް ބޮޑުކޮށްފި

އިލެކްޝަން ކޮމިޝަނުގެ މެންބަރުންތައް/ ފޮޓޯ- އީސި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އެލަވަންސް ބޮޑުކުރަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް 800 ރުފިޔާއާއި 2،100 ރިފިޔާއާ ދެމެދުގެ އެލަވަންސެއް ލިބޭނެކަމަށެވެ.

މީގެ ކުރިން އިންތިހާބީ އޮފިޝަލުންނަށް އެލަވަންސްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ދެނީ 500 ރުފިޔާ އާއި 1،800 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އައިޑީކާޑު ހިފައިގެން އައުމުން އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފޯމު ފުރައިދެވޭނެ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން ހަވީރު 15:00 އަށް ވެލާނާގޭ ގްރައުންޑު ފްލޯގައި އޮފިޝަލަކަށްވުމަށް ފޯމު ފުރުން ކުރިއަށް އެބަ ގެންދެ އެވެ.

އަދި މާދަމާ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް އާޓިފިޝަލް ބީޗުގައި އޮފިޝަލަކަށް ވުމަށް އެދި ފޯމު ފުރުން ކުރިއަށްދާއިރު، މާދަމާ ނޫން އަނެއްދުވަހު ސޯޝަލް ސެންޓަރުގައި، ހަވީރު 16:00 އިން ރޭގަނޑު 22:00 ގެ ނިޔަލަށް އޮފިޝަލަކަށް ވުމަށް އެދި ފޯމް ފުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކޮރޯނމާވައިރަސްއާއި ގުޅިގެން ގިނަ ފަރާތްތަކުންދަނި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ގޮވާލާފައެވެ. އަދި އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމެވުމަށް، ސަރުކާރުން އެކުލަވާލާފައިވާ މޮނީޓަރިން ކޮމިޓީއާ މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *