މެލޭޝިއާއިން ރާއްޖެއައި ދިވެއްސަކު ކަރަންޓީންކޮށްފި

މެލޭޝިއާގައި ކޮރޯނާއަށް ސްކްރީން ކުރަނީ/ ފޮޓޯ- ގޫގުލް

ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާއިން ދިވެހިރާއްޖެއައި ދިވެއްސަކު ކަރަންޓީންކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް19 އަށް ޕޮިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ދިވެހިރާއްޖެއަށް އައި ދިވެއްސެއްގެ ގައިން ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އެފަރާތުގެ ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މެލޭޝިއާއިން ރާއްޖެއައި ދިވެއްސަކު ކަރަންޓީން ކޮށްފައިވާއިރު، ބަންގްލަދޭޝްގައި ހުރުމަށްފަހު ރާއްޖެއައިި ދިވެއްސަކުވަނީ އިއްޔެ ކަރަންޓީން ކޮށްފައެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖެއައި ދިވެއްސަކުވެސް އިއްޔެ ކަރަންޓީނު ކޮށްފައިވާއިރު، އިޓަލީގެ ރޯމްއިން އިއްޔެ ރާއްޖެއައި ދެ ދިވެއްސަކު ވެސްވަނީ ކަރަންޓީންކޮށްފައެވެ.

ކޮވިޑް19 ފެނިފައިވާ ގައުމުތަކުން އަންނަ ދިވެހިން ކަރަންޓީން ފެސިލިޓީއަށް ގެންދަނީ އެގައުމުތަކުން ރާއްޖެ އައިސް 14 ދުވަސް ފުރިހަމަ ނުވާ މީހުންނެވެ. ކޮވިޑް19 އަށް ރާއްޖޭގައި މިހާތަނަށް 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *